Back

ދުޢާކުރެޔޭ

2021-07-14 . Written by Yameen

މި ދޭހުން ރީތިހާ އެއްޗެއް ތިބާ ފެނިފައި ހިމޭންވެލަޔޭ

ތެދޭ ތިޔަ ރީތިކަން ލިބުމަށް ހިތުން އެދިގެން ދުޢާކުރެޔޭ

.

އެ ޖާދޫވީ އަލިން ބިން އަލިކުރާ އަލިއަލި ހަނދާ ތަރިވެސް

އުޖާލާ މޫނު ފަދަ ރަން އަލިކަމަށް އެދިގެން ދުޢާކުރެޔޭ

.

އޮމާން ބިއްލޫރި ލޯގަނޑަކަށް ހިޔަންޏެއް އެޅިލިއަސް މިތުރުގެ

އޮމާން ކަން މަރުމަރީ ހަމުގައި ތިވާ އެދިގެން ދުޢާކުރެޔޭ

.

މަލާމެލި ފޮޅިލަމުން ވެސް އޭގެ ކުލަތައް ރީތި ފިޔަތަކުގައި

ކަލާގެ ކޮލަށް އަރާ ރަތްކުލަ ޖެހުން އެދިގެން ދުޢާކުރެޔޭ

.

ޖަމީލީނުން ތެރޭ އޭނާގެ ސާހިބު ނެތް ކަމަކު ހިމެނޭން

ޔަމީނުގެ ދެރަ މިހިތް ވެސް ހަމަ ތިބާ އެދިގެން ދުޢާކުރެޔޭ