Back

ކަމަނާގެ ޕިޔާނާ

2021-07-09 . Written by Yameen

ޖައްސަވާ އިރު އަތްޕުޅުން ކަމަނާ ޕިޔާނާ ރާގުގައި

މަސްތުގައި ނެށިތަން ދުށީމޭ ޒާހިދުން ވެސް ފާޅުގައި

.

އަދި ލިބޭތޯ ފުރުސަތެއް ތިޔަ ރީތި މިޔުޒިކު އަޑު އަހާން

އެދި ދުޢާ ކުރިކަން އެނގޭ މެޔެ ބީޓޮވެން މަރުދާނުގައި

.

ތިޔަ އަޖާއިބު އަޑު އިވުނު ހަމަ ކޮންމެ މީހަކުވެސް ހެމުން

ބިޔަ ކަނޑަށް އެރި ކަނޑު ވެދާނޭ ދެންނެވިއްޔާ ރުހުމުގައި

.

ކޮންކަހަލަ އަސަރީ ނަޝާއެއްހޭ ވަނީ ތިޔަ ރާގުގައި

ކޮންމެ މީހަކު ވެސް ފުރާނަ އެ އަރުވަނީ ގުރުބާނުގައި

.

ދެއްވަވާށޭ އަޅުގަނޑަށް ވެސް ޖާގައެއް ތިޔަ މެހެފިލުން

ކެތް ވެވޭހޭ ބޮޑު ނަސީބެއް ނުލިބި ދާއިރު އުމުރުގައި