Back

ޤިޔާމަތަކީ މިއީތާއޭ

2021-07-11 . Written by Yameen

ދޮގާ މަކަރާ އުފުއްލިއްޖޭ، ނަޒާހަތަކީ އެއީތާއޭ!

ހަގީގަތް ވެއްޓި ދަށުވެއްޖޭ، ފަސާދަތަކީ އެއީތާއޭ!

.

ޝަރާބޭ ބުއިމަކަށް ރަނގަޅީ، ޙަރާމޭ އުޅުމަކަށް ރަނގަޅީ

ޝަރީފުންނަށް އުޅެން ދެއްކެވި ހިދާޔަތަކީ އެއީތާއޭ!

.

ކުށެއްވީ ނަމަ އެ ކުށް ފޮރުވާ، އެއަށް ފަސްލާ، އެ ފަސްގަނޑުގައި

ނިކަން މޮޅު ގަނޑުވަރެއް ހެދުމީ، ޢަދާލަތަކީ އެއީތާއޭ!

.

ކުރުން ލާޒިމް އެތައް ކަމަކުން ރެކެން މޮޅު ގޮތްތަކެއް ހޯދާ

ހުރުން މާ ރީިތި ނަންވެވިގެން، ލަޔާޤަތަކީ އެއީތާއޭ!

..

އޮޅިއްޖޭ! ހެޔޮ ގޮތެއް ނޭނގޭ މިހާރަށް އައިސް މިދުނިޔޭގައި

އުޅޭ މުސްކުޅިވެރީން އެކިޔާ ޤިޔާމަތަކީ މިއީތާއޭ!