Back

ވަޞިއްޔަތުނާމާ

2021-06-30 . Written by Yameen

ދެރަނުވާންވީ ކީއްވެހޭ؟ ޖެހިފައިވަނީ ހާލޭ ފަގީރު

އިރުތަކެއް ނުވެ ދެން މިހެން ނިމިދާނެޔޭ އަހަރެން ފަކީރު

.

ހިނގަހިނގާ ހުރި ވަގުތު ވެސް ހަމަ ހުއްޓިދާނޭ ހީވެފައި

މަގަތުގައި އެބަ ހުންނަވާހެން ހީވެޔޭ މަޥްތުގެ ސަފީރު

.

ނިންމަމުން ދުނިޔޭގެ ދަންފަޅި ދިރިތިބީންނަށް ކުރެވެނީ

އެންމެ ފަހުގެ ވަސިއްޔަތޭ ފުދުމަށް އެދޭ ނިކަމެތި ޒަމީރު

.

ހީވެދާހެން އިބުރަތެއް ފަސްދީ ހިނގައިދާ މީހުނަށް

ފީވެދާ ގަބުރުގެ މަތީ އިންދާލަދޭށެ ގަހެއް ކަނީރު

.

އޭގެ ކައިރީގައި ލިޔާށޭ! ދުނިޔެ ފަދައޭ މިހިރަ ގަސް

ބޭރު ފުށް މާ ރީތި ނަމަވެސް އަސްލު އޭ ވިހައޭ ނުމީރު